English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ތިޖޫރީ ފަޅާލައި، 3612 ރުފިޔާ ވަގަށް ނަގައިފިއެވެ.

އެ ކައުންސިލުން ބުނީ ތިޖޫރީ ފަޅާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ވައްކަން ކޮށްފައިވަނީ އޮފީސް ފާޚާނައިގެ ފެން ލައިޓުން ވަދެ ކަމަށެވެ.

ތިޖޫރީ ފަޅާލައި، ވައްކަންކޮށްފައިވާކަން އެނގުނީ މިއަދު ހެނދުނު އެތަނުގެ މުވައްޒަފުން އޮފީހަށް ދިޔުމުން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. ތިޖޫރީގައި ހުރީ ޕެޓީ ކޭޝްއަށް ބޭނުންކުރާ ފައިސާ ކަމަށާއި އެއީ 3612 ރުފިޔާ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ ފަޅާލާފައިވަނީ ހަމައެކަނި ތިޖޫރީ ކަމަށާއި ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީގެ ތަޅު މަތާލައިގެން ކަމަށެވެ. އަދި ލެޕްޓޮޕް ފަދަ އަގުބޮޑެތި ސާމާނުތައް ވެސް އެ އޮފީހުގައި ހުރި އިރު، އެއިން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.