English Edition
Dhivehi Edition
A young Bahraini Shiite Muslim girl reads the Koran, Islam's holy book, during the holy fasting month of Ramadan at a mosque in the village of Sanabis, west of Manama, on July 27, 2013. AFP PHOTO/MOHAMMED AL-SHAIKH (Photo credit should read MOHAMMED AL-SHAIKH/AFP/Getty Images)

މުޅި އަހަރު ދުވަހުގެ ތެރޭގައި އަންނަ އެންމެ ބަރަކާތްތެރިވެންގެންވާ ރަމަޟާން މަހުގެ ފަހު ދިހައަކާ މިހާރު މިވަނީ ކުރިމަތި ލާފައެވެ. ފަހު ދިހައެއްގެ ވެސް އެންމެ ފަހުގެ ދުވަސްތައް މިހާރު މިދަނީ ގުނަމުންނެވެ.

މި މައްސަރަކީ ހުރިހާ ހެޔޮ އަމަލެއްގެ މައްސަރެވެ. މި މައްސަރުގައި ވިހާވެސް ގިނައިން ހެޔޮ އަމަލުތައް ގިނަކުރުމަކީ މުހިންމު ކަމެކެވެ. ޖަމާއަތަށް ނަމާދަށް ދިޔުމަށް އިސްކަންދޭން ޖެހޭނެ އެވެ. ޞަދަގާތްދީ، ނިކަމެތިންނަށް އަޅާލައި، މައިންބަފައިންނަށް ހެޔޮކޮށް ހިތައި، ދަމު ނަމާދާއި ތަރާވީހު ނަމާދު އަދާކުރުން ފަދަ ހެޔޮ އަމަލުތައް ކުރުމުގައި ދެމި ތިބެންޖެހޭނެ އެވެ.

މިފަދަ އަމަލުތައް ކުރުން މަތީގައި ރަމަޟާން މަހު ދެމިތިބުމަށް ގިނަ މަސައްކަތް ކުރެ އެވެ. ނަމަވެސް ރަމަޟާން މަސް ނިމިގެން ދިޔުމާއެކު އެ ކަންތައްތައް މަތިން ހަނދާން ނެތި، އެއާ ދުރަށް ދެވެ އެވެ. އެއީ އެކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ. ހެޔޮ ކަންކަން ކުރުމުގައި ފަރުވާ ކުޑަވެގެން ނުވާނެ އެވެ.

ރަމަޟާން މަސް ނިމިގެން ދިޔަ ނަމަވެސް އެ މަހުގައި ހޯދި ފިލާވަޅުތައް ހަޔާތުގައި ތަންފީޒުކުރަން ޖެހޭނެ އެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމަކީ ރަމަޟާން މަހު ކުރި ހެޔޮ އަމަލުތައް ބަލައިގަތް ކަމުގެ ނިޝާނެކެވެ.

ނޯޓް: މި ލުޔުމަށް މަޢުލޫމާތި މަގާފައިވަނީ ޢިލްމުވެރިންގެ ފަތުވާތަކުން