English Edition
Dhivehi Edition

ނޭވާ-2″ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ކަނޑުއަޑީގައި ނޭވާ ހިފެހެއްޓުމުގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު އެއް ވަނަ ދުވަހުއެވެ. މިއީ އެންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.

މޯލްޑިވްސް ފްރީޑައިވިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތް ރާވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލާ ވެސް ގުޅިގެންނެވެ.

“ނޭވާ”ގެ ނަމުގައި 2019 ވަނަ އަހަރު، 521 މީހުންނާއެކު ބޭއްވި ހަރަކާތައެކު މިހާރުވެސް އެންމެ ގިނަ މީހުން އެއް ފަހަރާ ފްރީޑައިވްކުރުމުގެ ރެކޯޑް އޮތީ ރާއްޖޭގައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

“ނޭވާ 2” ހަރަކާތުގައި ރިސޯޓުތަކުގެ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ބައިވެރިވާއިރު، މިހަރަކާތުގައި ބައިވެރިވާ މީހުންނަށް ހަތަރު ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ޓެގު