English Edition
Dhivehi Edition

ތިން ފަހަރެއްގެމަތިން ލަސްކުރުމަށްފަހު، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) ގެ ދެވަނަ އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ މެއި މަހު ބާއްވަން ނިންމައިފިއެވެ.

މާޕް އިން ބުނީ ދެވަނަ އެޗްއާރ ކޮންވެންޝަން ބޭއްވުމަށް ނިންމާފައިވަނީ މެއި 21 އިން 22 އަށް ކަމަށެވެ. އަދި މިކޮންފަރެންސް އޮންނާނީ ނެޝަނަލް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގެ މެއިން އޮޑިޓޯރިއަމްގައި ކަމަށެވެ.

މި ކޮންފަރެންސްގައި އެޗްއާރ ބެސްޓް ޕްރެކްޓިސްތަކާއި އިންޓަރނޭޝަނަލް އެކްސްޕީރިއަންސް ޝެެއަރ ކުރާނެ ކަމަށާއި ތީމަކީ ޓްރާންސްފޮމޭޝަން އެންޑް ކަލްޗަރ – ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް (Transformation and Culture- Future of Human Capital) ކަމަށް ވެސް މާޕް އިން ބުނެއެވެ.

މި ކޮންފަރެންސް ގައި ރާއްޖެެއާއި ރާއްޖޭން ބޭރުގެ ކީނޯޓް ސްޕީކަރސް އާއި އެެކްސްޕާޓް ސްޕީކަރސްގެ ބައިވެރިވާއިރު، ސިންގަޕޯ، ޔޫކޭ، ޓްރިނިޑަޑް އެންޑް ޓޮބަގޯ، އިންޑިޔާ އަދި ސްރީލަންކާގެ ސްޕީކަރސް ބައިވެރިވާނެ ކަމަށް ވެސް އެ ފަރާތުން މަޢުލޫމާތުދެއެވެ.

މި ސްޕީކަރސް ހަތަރު ސަބްޓޮޕިކަކަށް ވާހަކަ ދައްކަން ނިންމާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ލީޑަރޝިޕް އެންޑް ގްރޯތް، ވެލްނެސް އެންޑް ލަރނިންގ ކަލްޗަރ، ޓެކް އެންޑް ޓްރާންސްފޯމޭޝަން އަދި ކްރިއޭޓިންގ އޯގަނައިޒޭޝަން ލަރނިންގ އެޖިލިޓީ ހިމެނެއެވެ.

މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ މިއީ ކޮރޯނާ ވައިރަސް ޕެންޑަމިކްގެ ސަބަބުން މި ކޮންވެންޝަން ތިން ފަހަރެއްގެމަތިން ލަސްކުރުމަށްފަހު ބޭއްވޭ ފަހަރު ކަމަށްވާތީ މި ކޮންވެންޝަނަށް ވަރަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި ޔަޤީން ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް މިކަމުގައި ލިބިގެންދާނެކަމަށް ޔަގީން ކުރާ ކަމަށެވެ.

ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ވަރަށް ކާމިޔާބު ކޮންވެެންޝަނެއް ބޭއްވޭނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންވެންޝަން ތެރެއިން އެކްސްޕޯގައި ތަފާތު އެޗްއާރ ސޮލިއުޝަންސް ޝޯކޭސް ކުރުމުގެ ފުރުޞަތު ލިބޭއިރު، އިންޓަރނޭޝަނަލް 10 ސްޕީކަރސް އާއި ރާއްޖޭގެެ 20 ފަރާތަކުން ސްޕީކަރސްގެ ގޮތުގައާއި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެގެންދާނެެއެވެ. އަދި މި ކޮންވެންޝަންގައި ގާތްގަޑަކަށް 400 ފަރާތަކަށް ބައިވެރިވާނެއެވެ.

މި ކޮންވެންޝަންގައި ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތުތައް ލިބޭނެއެވެ.

މިއަހަރަށް އިތުރަށް ރޭވިފައިވާ އިވެންޓްތަކުގެ ތެރޭގައި ދެވަނަ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން ރޮބިން ބޭންކްސް، މާޝަލް ގޯލްޑްސްމިތް އަދި ރޮން ކޮފްމަން ފަދަ ދުނިޔޭގެ މަޝްހޫރު ފަރާތްތައް ބައިވެރިވާ ސެޝަންތައް އޮންނާނެއެވެ. އަދި އެޗްއާރ ބެސްޓް ޕްރެކްޓިސް ޝެއަރ މިއަހަރުވެސް, އަހަރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވިގެންދާނެއެވެ. އަދި ވިލާކޮލެޖާއި އެކު ރިސަރޗް މަސައްކަތްތައް ކުރެވި މަޓީ އާއި އެކު ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ބޭނުންވާ އެވެއަރނަސް ޕްރޮގްރާމްތައް ވެސް ބޭއްވޭނެއެވެ.

ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާ މާޕް އަށް އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 2019 ވަނަ އަހަރު މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ހަމަ އެއަހަރު ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން ރޮބިން ބޭންކްސް އަދި ރޮން ކޮފްމަން ފަދަ ދުނިޔޭގެ މަޝްހޫރު ފަރާތްތަކުގެ ސެޝަންތައް ވަނީ ބާއްވާފައެވެ.

މަތީ ފެންވަރުގެ ސްޕީކާސްގެ ސެޝަންތަކުގައި ބަދަލުކުރެވޭ މައުލޫމާތުގެ އިތުރުން އެޗްއާރު ދާއިރާގައި މަސައްކަތްކުރާ އެއްފަރާތް އަނެއްފަރާތާއި ރަގަޅު ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.