English Edition
Dhivehi Edition

މި ޕާޓީން އަންހެނުނަށް ދީފައި އޮންނަ ދަރަޖަ ފެނިގެންދަނީ އިށީންނަ ގޮނޑިބަރިއަކުން ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ރަމަޟާން މަހުގެ މުނާޞަބަތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން އިންތިޒާމު ކުރި ޚާއްޞަ ދަރުސްގެ ތެރެއިން ނަގާފައިވާ ފޮޓޯއަކަށް މީހަކު ކޮށްފައިވާ ކޮމެންޓަކާއި ގުޅިގެންނެވެ.

“އެމްއެންޕީ ގައި އަންހެން ލީޑަރސް ތިބިއިރު، އަންހެން ލީޑަރސް މިތިބެން ޖެހެނީ ފަހަތު ގޮނޑިބަރީގަ. މިތޯ އެމްއެންޕީގެ އަންހެނުންގެ މަގާމަކީ؟ ޕާޓީއަކުން ވ ނުރަނގަޅު މެސެޖެއް މީގެން މި ދެނީ” އޭނާގެ ކޮމެންޓުގައި ބުނެފައިވެއެވެ.

އެ ކޮމެންޓަށް ރައްދުދީ އެމްއެންޕީން ބުނީ “އަންހެނުންނަށް މި ޕާޓީގައި ދީފައި އޮންނަ ދަރަޖަ ފެނިގެންދަނީ އިށީންނަ ގޮނޑިބަރިއަކުން ނޫން” ކަމަށާއި “މިޕާޓީގެ ނިންމުންތަކުގަ އަންހެނުންގެ ދައުރު އުޅެނީ މާކުރީގަ” ކަމަށެވެ.

މީގެ އިތުރުން އެންމެކުރީ ސީޓުގައި ނީނުމަކީ ޕާޓީގެ އަންހެނުންގެ އަމިއްލަ ނިންމުމެއް ކަމަށާއި އެއްވެސް ހާލަތެއްގައި ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް ވެސް އެމްއެންޕީން ބުނެފައިވެއެވެ.

ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެފަހުން ވުޖޫދުވި، އެމްއެންޕީއަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ އަދި ރައްޔިތުންގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ޕާޓީއެއްކަން ފާހަގަކުރެވޭއިރު، ސިޔާސީ މައިދާނަށް ކަނބަލުން ނެރުމަށް ވެސް އެ ޕާޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.