English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

“ފެމިނާ” ކިޔާ މަސްދޯންޏެއް ނެރެއްގެ މައްޗަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ އިދާރާއިން ބުނީ އެ ދޯނި އަރާފައިވަނީ ސައުތުޕާމް ރިސޯޓާއި ސ. ހުޅުމީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ޙާދިސާ އާއިގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:22 ހާއިރު ކަމަށާއި ދޯނީގައި ތިބީ 19 ދިވެހިން ކަމަށް ވެސް ބުންޏެވެ.

އެ އެންމެންނަކީ ވެސް މަސްވެރިން ކަމަށާއި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގައި އެމީހުން ވެސް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ފޮޓޯ: އެމްއެންޑީއެފް