English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ކަށިކެޔޮ ސްމޫތީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (1 ތަށްޓަށް)

1 ޖޯޑު ކަށިކެޔޮ ޖޫސް (އޮލަކޮށް ގިރާފައި ފުރާނާފައި ހުރި)

1 ސްކޫޕް ވެނީލާ އައިސްކްރީމް

2 މޭޒުމަތީސަމުސާ ގެރިކިރު

1/2 ޖޯޑު ފުލްކްރީމް މިލްކް

ރަތް ކުލަ ކޮޅެއް (އޮޕްޝަނަލް)

އައިސްކިއުބް (އޮޕްޝަނަލް)

ތައްޔާރުކުރާނެގޮތް:

އައިސް ކިއުބް ފިޔަވައި ބާކީ ހުރި ހުރިއާ އެއްޗެއް ބްލެންޑަރަށް އަޅާފައި ގިރާލާށެވެ. ދެން ބިއްލޫރި ތަށްޓެއް ނަގާފައި ތައްޔާރު ކުރި ސްމޫތީ އެޅުމަށްފަހު މައްޗަށް އައިސްކިއުބް އެޅުމަށްފަހު ގާނިޝް ކޮށްލުމަށް ކޮށާފައި ހުރި ކަށިކެޔޮ ކޮޅެއް އަޅާފައި ސަރވް ކުރާށެވެ.