English Edition
Dhivehi Edition

ތާލިބާނުން އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ވަދެ ދިން ހަމަލާގައި 43 ސިފައިން މަރާލާފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

އަފްގާނިސްތާނުގެ ދެކުނުން އޮންނަ ކަންދަހާރުގެ ހުންނަ އަސްކަރީ މަރުކަޒަކަށް ތާލިބާނުން ހަމަލާދީ 43 މީހުން މަރާލި އިރު އަސްކަރީ މަރުކަޒުގައި އެވަގުތު ހަރަކާތްތެރި ވަމުން ދިޔައީ 60 ސިފައިންނެވެ. އޭގެ ތެރެއިން ނުވަ މީހަކަށް އަނިޔާވެ 6 މީހުން އަދި ވީއެއްނުވީއެއް ނޭންގޭ ކަމަށް އެގައުމުގެ ދިފާއީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. މި ހަމަލާ ދީފައި ވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.

މިހަމަލާގައި ތަލިބާނުންގެ 10 މީހަކުވެސް ވަނީ މަރުވެފައި ކަމަށް ރިޕޯޓުތަށް ބުނެއެވެ.

އެ ޖަމާއަތަށް ނިސްބަތްވާ އެ ޖަމާއަތުގެ ތަރުޖަމާނަކު ބުނެފައިވަނީ މި ހަމަލާ ފެށިފައިވަނީ ޖާނުން ފިދާވެގެން ދެވުނު ކާރު ބޮމުގެ ހަމަލާއަކުންނެވެ. އަދި އޭގެ ފަހުން ތާލިބާނުންގެ ހަނގުރާމަ ވެރިން އަސްކަރީ މަރުކަޒަށް ވަނީ ވަދެގެން ފައި ކަމަށް އެނާ ބުންޏެވެ.

އަފްގާނިސްތާނުގައި ތާލިބާނުން ހަނގުރާމަ ކުރަމުންދާތާ 15 ވަރަކަށް އަހަރު ވެދާނެއެވެ. އެމީހުންގެ މަގްސަދަކީ އަފްގާނިސްތާނުގައި މި ވަގުތު އޮތް ހުޅަނގުން ވާގިވެރިވާ ސަރުކާރު ވައްޓާލައި އެމީހުންގެ އަމިއްލަ ސަރުކާރެއް ބިނާ ކުރުމެވެ.