English Edition
Dhivehi Edition

ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނާއި ބައްދަލުކުރާ އެންމެ މާތް މައްސަރު ކަމުގައިވާ ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މި އަހަރުވެސް އަޅުގަނޑުމެންނާއި ބައްދަލުވެ ނިމުމަކަށް އަންނަނީ އެވެ. އެގޮތުން މިރެއަކީ މި އަހަރުގެ ރަމަމާން މަހުގެ އެންމެ ފަހު ދިހައިގެ ދުވަަަސްތައް ގުނަން ފަށާރެއެވެ.

މިރެއަކީ ރަަމަޟާން މަހުގެ ފަހު ދިހައިގެ ފުރަތަމަ ރެއަށް ވާއިރު، މިއީ އެންމެ މަތިވެރި ދަރުމަދެއްވާ ރޭ ކަމުގައިވާ ލައިލަތުލް ޤަދްރި ހިމެނޭ ފަހު ދިހައިގެ ރޭތަކެވެ.

ޢާއިޝާ رضى الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. ފަހު ދިހަ ވަނުމުން ނަބިއްޔާ صلى الله عليه وسلم ރޮދިގަނޑު ބާރުުކުރައްވައެވެ. (އެބަހީގަދައަޅައި މަަސައްކަތްކުރައްވައެވެ.)، ރޭތައް އިޙްޔާކުރައްވައެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ގޮވައިލައްވައި ހެލައްވަވައެވެ. (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 2024)

ރަމަޟާން މަހުގެ ފަހު ދިހަ އަކީ އަޅުކަމުގައި އިތުރަށް ހީވާގިވާން ކެޖޭ ދުވަސްތަކެކެވެ. މި މައްސަރަުގައި ހިމެނޭ އެންމެ މާތް ރޭ ހޯދުމުގެ ބޭނުމުގައެވެ. އާދެ އެއީ އެއްހާސް މައްސަރައްވުރެ ހެޔޮކަން ބޮޑު ރެއެއް ކަމުގައިވާ ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށެވެ.

ފަހު ދިހަ އައުމުން، ލައިލަތުލް ޤަދުރި ވިލޭރޭ ހީދުމަށް ކުރެވިދާނެ ބައެއް ކަންކަން

1- އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ފަހު ދިހައިގައި ފާފަ ފުއްސެވުމަށާއި، ލައިލަތުލް ޤަދްރި ލިބޭ މީހުންގެ ތެރެއިން ލެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުން.
2- ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން. ޚާއްޞަކޮށް ރޭއަޅުކަމުގައި ގިނައިން ޤުރްއާން ކިޔެވުން.
3- ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، ފަހު ދިހައިގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޢަޒުމްކަޑައެޅުން.

މި ދެންނެވުނު ފަދައިން ޢަމަލުކުރެވިއްޖެނަމަ، ރަމަޟާންމަހުގެ ފަހު ދިހައިގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބި، ރަމަޟާންމަސް ނިމޭއިރު ފުއްސެވުމާ ދިންނެވުން ލިބޭ މީހުންގެ ތެރެއިން ތިބާވެގެން ދާނެއެވެ.

ކީރިތި ﷲ އަޅަމެން އެންމެންނީ ރަމަޟާންމަސް އެންމެ ހެޔޮ ގޮތުގައި ވޭތިކުރާ މީހުން ކަމުގައި ލައްވާށިއެވެ. އާމީން.

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޢިލްމުވެރިންގެ ފަތުވާތަކުން