English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބްރައުން ޝުގާ އިޓާލިއަން ޗިކެން”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

4 ނުވަތަ 6 ގަނޑު ބޯންލެސް ޗިކެން ބްރެސްޓް

1/2 ޖޯޑު ބްރައުން ޝުގާ

އިޓަލިއަން ޑްރެސިންގ މިކްސް (ރަހަލާވަރަށް)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ އަވަން ޕްރިހީޓަށް ޖައްސާލާށެވެ. ދެން ޓްރޭއެއްނަގާފައި އޭގައި ފޮއިލް އަޅާލާށެވެ. ބްރައުންށުގާ އަދި އިޓަލިއަން މިކްސް ކުކުޅުގެ ދެފުށުގައި ރަނގަޅަށް ހާކާލާށެވެ. ދެން ޓްރޭ އަށް ކުކުޅު އެޅުމަށްފަހު 20 ނުވަތަ 25 މިނެޓަށް ކުކުޅު ފިހެލާށެވެ. ދެން ކުކުޅު ނަގާފައި ގްރިލާ އެއްގައި 1 ނުވަތަ 2 މިނެޓް ވަންދެން ކުކުޅު ކޮޅުގެ ބޭރު ކެރަމަލައިޒް ވަންދެން ފިހެލާށެވެ.

ނޯޓް: މި “ބްރައުން ޝުގާ އިޓާލިއަން ޗިކެން” ސެލަޑް އާއި އެކު ނުވަތަ ބަތާއެކު ކާން މީރުވާނެއެވެ.