English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ލިސްޓަށް 4 ދުވަސް އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވާ ބުރާސްފަތި ދުވަހާއި، އަޟްހާ އީދާއި ގުޅިގެން އަންނަ 13 ޖުލައިވާ ބުދަ ދުވަސް މިއަަހަރު ބަންދުވާނެ ކަމަށެވެ. އަދި 14 ޖުލައި ވާ ބުރާސްފަތި ދުވަހާއި، މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އަންނަ 28 ޖުލައި ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދު ދުވަސްތަކަށް ހިމަނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބަދަލާއެކު ފިތުރު އީދުގެ ބަންދަށް ހަފުތާއެއް ލިބޭއިރު، އަޟްހާ އީދު ބަންދަށް 8 ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން ފަސް ދުވަސް ލިބޭނެއެވެ.