English Edition
Dhivehi Edition

މެދުކެނޑުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންނަށް ޙައްޖު އަދި ޢުމްރާދަތުރު ދޭން ފަށައިފިއެވެ.

އެގޮތުން ސްޓެލްކޯގެ ފަރާތުން ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި އުމުރާގެ އަޅުކަން އަދާކުރުމަށްދާ 4 މުވައްޒިފުން ރޭ ވަނީ ގުރުއަތުން ކަނޑައަޅާފައެވެ. ގުރުއަތުނަގައިގެން ހައްޖުގެ އަޅުކަމާއި ޢޫމަރާގެ އަޅުކަން އަދާކުރުމަށް (ކޮންމެ އަޅުކަމަކަށް) އަންހެން އަދި ފިރިހެން މުވައްޒަފަކު ވަނީ ހޮވާފައެވެ.

ސްޓެލްކޯއިން މީގެ ކުރިން ވެސް ވަނީ ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި، އުމުރާގެ އަޅުކަން އަދާކުރުމަށް މުވައްޒިފުން ފޮނުވާފައެވެ. އެހެންނަމަވެސް އެކަން މެދުކަނޑާލަން ޖެހުނީ ކޯވިޑާއި ގުޅިގެންނެވެ.