English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޓޮޓެންހަމް ބަލިވެއްޖެއެވެ.

ޓޮޓެންހަމް ރޭ ބަލިވީ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެ އެވެ. އާސެނަލް ބަލިވީ ރަށުން ބޭރުގައި ސައުތެމްޕްޓަން އަތުން 1-0 ނަތީޖާއިންނެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނުއިރު، މި މެޗުގައި ބްރައިޓަން އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ބްރައިންޓަން ގެ މި ލަނޑު ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް އެވެ.

އާސެނަލް ރޭ ސައުތެމްޕްޓަން އަތުން ބަލިވިއިރު، މި މެޗުގައި ސައުތެމްޓަން އިން އާސެނަލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ 44 ވަނަ މިނެޓިގައި ޔެން ބެޑްނަރެކެވެ.

ރޭގައި ވި ބައްޔާއި އެކު މިވަވުތު ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ ކުޅުނު 32 މެޗުން ލިބުނު 57 ޕޮއިންޓާ އެކު އެވެ. އަދި ރޭގެ ބައްޔާއި އެކު އާސެނަލް ހަ ވަނަ އަށް ވެއްޓިފައިވާ އިރު، އެޓީމު ހަ ވަނައިގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 54 ޕޮއިންޓް އާއި އެކުގައެވެ.