English Edition
Dhivehi Edition
ޓްރިސްޓަން ތެރަރޯޓުއާ ރާއްޖެއިން ބޭނި ބްލެކް ސްނޫކް އާއެކު

އެމެރިކާގެ ރައްޔިތަކު އައްޑުއިން ބޭނި ބްލެކް ސްނޫކް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

ޓްރިސްޓަން ތެރެރޯޓުއާ ނަމަކަށް ކިޔާ އެމެރިކާގެ މި މީހާ ބޭނި ބްލެކް ސްނޫކްގައި 14.06 ކިލޯގްރާމް ހުއްޓެވެ. އަދި ދިގުމިނުގައި 68.5 އިންޗި ހުއްޓެވެ.

ބޭރުގެ މީޑިއާއަކަށް ޓްރިސްޓަން ދީފައިވާ އިންޓަރވިއު އެއްގައި ބުނެފައިވަނީ އެ މަސް ބާނާފައިވަނީ އައްޑޫ ސްޕޯޓްސް ފިޝިންގ ގައިޑެއް ކަމަށްވާ ޢަބްދުﷲ ޢާނިފް އާއެކު މަހަށް ގޮސް ކަމަށެވެ. އަދި ނަނު ކަނޑަށް ދޫކޮށްލުމާއެކު މަސް ގަތުމަށް ނެގީ ގާތްގަޑަކަށް 30 ސިކުންތު ކަމަށެވެ.

މީގެކުރިން ބާނާފައިވާ އެންމެބޮޑު ބްލެކް ސްނޫކް ގައި 12.50 ކިލޯ ހުރިއިރު، ރާއްޖެއިން ބޭނި ބްލެކް ސްނޫކް ގައި 14.06 ކިލޯ ހުރުމުން މި މަސް ދުނިޔޭގެ ރެކޯޑު ފޮތަށް އެރުމުގެ ފުރުޞަތު އެބައޮތެވެ.