English Edition
Dhivehi Edition

މި މަހު 15 ގެ ކުރިން ބީއެމްއެލް ރިވާރޑްސް ގައި ރެޖިސްޓްރީކޮށްގެން 10،000 ޕޮއިންޓު ހޯދުމުގެ ފުރުޞަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ ީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް މި އޭޕްރިލް މަހުގެ 15 ގެ ކުރިން އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް 10،000 ޕޮއިންޓު ލިބޭނެ ކަަމަށެވެ.

‘ބީއެމްއެލް ރިވާޑްސް’ ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއަރލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑުވެސް ގަނެވޭނެއެވެ.

އެގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ އެ ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވަމުން ގެންދާ ކަމަށެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ ކަމަށެވެ.

މި ލިންކް މެދުވެރިކޮށް ކޮންމެ ކްރެޑިޓް ކާޑު ކަސްޓަމަރަކަށް ވެސް ރަޖިސްޓްރީކޮށްލެވޭނެއެވެ.

ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ “ގިފްޓް” އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސް އާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.