English Edition
Dhivehi Edition

ކައްދޫއަށް ޖައްސަން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ވީއައިއޭ އަށް ޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލައިޓު ވީއައިއޭ އަށް ޖައްސާފައިވަނީ ކައްދޫގައި ޖައްސަން އުޅުމުގެ ތެރޭގައި ލޭންޑިން ގިޔަރު ތިރިކުރެވިފައި ނުވާތީއެވެ.

މިކަމާއިގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު ބުނީ މޯލްޑިވިއަން ގެ ފްލައިޓެއް އެމަޖެންސީގައި ވީއައިއޭ އަށް ޖައްސާފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާނުކުރެއެވެ.

މޯލްޑިވިއަންގެ ބަހެއް މިހައިތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ.