English Edition
Dhivehi Edition

ނަމާދެކޭ އެއްފަދައިން ޒަކާތަކީވެސް ވަރަށް މުހިންމު ޝިޢާރެއްކަމަށާއި މިޝިޢާރު ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން ޑރ. ސައުދުﷲ ވިދާޅުވީ ޤުރުއާނެކޭ އެއްފަދައިން އަނެއް މުހިންމު ޝިޢާރަކީ އިސްލާމްދީނުގެ އަޅުކަންތައްކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށާއި އެގޮތުން ނަމާދު ޤާއިމްކުރުމަކީ ފަރުޟަކަށްވާއިރު ނަމާދަށް ފަރުވާތެރިނުވާމީހުންނަށް ހުރި އުގޫބާތްތައް ވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.

ދީނީ ޝިޢާރުގެ ގޮތުގައި ފާހަގަކުރެވޭ އެންމެ ގިނަ ކަންތައް ހިމެނެނީ ޙައްޖުގެ އަޅުކަމާ ގުޅިގެންކަމަށް ވިދާޅުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މިކަންކަމަކީ ވެސް އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެސް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

އެކަންކަމެއް ކުރަން މާތް ﷲ އަމުރުކުރައްވާފައިވާކަންކަމަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ކަންކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ސައުދުﷲ ވިދާޅުވީ ޒަމާނާ ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ރަމަޟާންމަހަކީ އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއް ކަމަށާއި ޝިޢާރުތަކަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން ފާޅުވެ އެނގެން ހުންނަ ދީނުގައި ޝަރުޢުކުރެވިފައި ހުންނަ ކަންތައް އަދި އެކަންތަކާމެދު މުޢާމަލާތުކުރުމަށް އިންސާނުންނަށް އަންގަވާފައިވާ ކަންތައްކަމަށެވެ.

މިގޮތުން ޝިޢާރުތަކަށް ބަލާއިރު ޒަމާނާއި ތަންތަނާއި ގުޅިފައިވާ ޝިޢާރުތައް ވެސް ހުންނަކަމަށާއި އެގޮތުން ތަރާވީޙް ނަމާދާއި އެހެނިހެން ނަމާދުތަކަކީ ރަމަޟާންމަހުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ހެޔޮކަމާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ސަޢުދުﷲ ވިދާޅުވީ މާތް ﷲގެ ރަޙުމަތާއި ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދިޔުމާއި ނަރަކައިގެ ދޮރުތައް ބަންދުވުމާއި ޝައިޠާނުންނަށް އިންސާނާ ހެއްލެނި ކުރުވަން އޮންނަ ފުރުސަތުތައް ބަންދު ކުރެވިގެންދާ ކަމަށާއި މިއީ ރަމަޟާންމަހުގައި ހުރި ޚާއްސަ ކަންތައްތަކުން ފާހަގަކޮށްލެވޭކަންތައްތައް ކަމަށެވެ.