English Edition
Dhivehi Edition

ޕްރިމިއަ ލީގުގެ ޓޮޓެންހަމްއަށް ކުޅޭ އިނގިރޭސި ޕޯވާޑް ހެރީ ކޭން އަކީ ތަފާތު މޮޅު ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަމަށް ރިއަލްމެޑްރިޑްގެ ކޯޗު ޒައިނުދީން ޒިދާން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑް އާއި ޓޮޓެންހަމް ބައްދަލު ކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒިދާން ބުނީ ޓޮޓެންހަމްގެ ފޯވާޑް ކޭން އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި އޭނާ އާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.

“ކޭން އަކީ ވަރަށް މޮޅު ކުޅުން ތެރިއެއް.އެނާ މެޗުގައި ވިސްނާހާ ވެސް ކަމަކީ މެޗުގައި ގިނަ ލަނޑުތަށް ޖަހައި ޓީމް މޮޅު ކޮށްދެވޭތޯ ބެލުން”ޒިދާން ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކޭން ވަނީ ގައުމީ ޓީމް އަދި ކުލަބް ގައި ކުޅުނު 43 މެޗުގައި 38 ލަނޑު ޖަހާފައެވެ.

ޒިދާން ކޭން އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައިވާއިރު އަންނަ ޖެނުއަރީ ޓްރާންސްފާގައި ކޭން ރިއަލްމެޑްރިޑް އާއި ގުޅޭން ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ.