English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ހުރިހާ އުމުރުފުރާއަކަށްވެސް ވަރަށް ކަމުދާނެ މީރު ކާއެއްޗެއް ތައްޔާރުކުރާނެ ގޮނެވެ. . އެގޮތުން މިއަދު ގެނެސްދޭ “ޗިކަން ލޮލީ ޕޮޕް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާ ތަކެތި:

500 ގްރާމް ޗިކަން ލޮލީ ޕޮޕް (kukulhu fai)

01 މޭޒުމަތީ ސަމްސާ މުގުރި މިރުސް

2/1 މޭޒުމަތީ ސަމްސާ ދިރި

2/1 މޭޒުމަތީ ސަމްސާ ގަރަމް މަސާލާ

4/3 ސައިސަމްސާ ލޮނު

01 މޭޒުމަތީ ސަމްސާ ތަންދޫރި މަސާލާ

2/1 ލުނބޯ

01 ޕްލޭން ޔޯގަޓް –

ކުޑަކާކުލަކޮޅެއް

01 ޖޯޑު ފުށް

2/1 ޖޯޑު ޒުވާރި ފުށް

2/1 މޭޒުމަތީ ސަމްސާ މުގުރި މިރުސް

01 މޭޒުމަތީ ސަމްސާ ލޮނު

2/1 މޭޒުމަތީ ސަމްސާ ޗިލީފްލޭކްސް

ތައްޔާރު ކުރާނެ ގޮތް: ފުރަތަމަ ޗިކަން ލޮލީ ޕޮޕްގެ ތެރެއަށް މުގުރި މިރުސް ، ދިރި، ގަރަމް މަސާލާ، ލޮނު، ތަންދޫރި މަސާލާ، ލުނބޯ އަދި ޔޯގަޓް އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ، އަދި އެއް ކުރާ އިރު ކުލަ ރީތި ކޮށްލުމުގެ ގޮތުން ކުޑަ ކާކުލަ ކޮޅެއް އަޅައި ލެވިދާނެއެވެ. މިގޮތަށް އެއްކޮއްފައި ބެހެއްޓުމަށްފަހު، ފުށްގަނޑު ތައްޔާރު ކުރާނީއެވެ. 01 ޖޯޑު ފުށުގެ ތެރެއަށް ބައި ޖޯޑު ޒުވާރި ފުށާއި،ބައި ސަމްސާ މުގުރިމިރުސް ، 01 މޭޒުމަތި ސަމްސާ ލޮނު އަދި 2/1 މޭޒުމަތީ ސަމްސާ ޗިލީ ފްލޭކްސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު، ކުރިން ތައްޔާރު ކޮށްފައި ހުރި ޗިކަން ލޮލީޕޮޕް ގައި ރަނގަޅަށް ހޭކުމަށްފަހު ހޫނުކޮށްފައި ހުރި ތެޔޮގަނޑު ތެރެއަށް އަޅާނީ އެވެ. ޗިކަން ލޮލީ ޕޮޕް އަށް ރަނގަޅަށް ކުލަ އެރުމުން ނަގައި ސަރވް ކުރާށެވެ.