English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ ރޯދަ ކްއިޒް ފަށައިފިއެވެ.

ޕީސް ފައުންޑޭޝަނާއި ގުޅިގެން މި ކުއިޒް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށެވެ. އަދި ކޮންމެ ހަފުތާއެއްގެ ވެސް ބުދަ ދުވަހަކު ސޯޝަލް މީޑިއާގައި ކުއިޒުގެ ސުވާލު ޕޯސްޓް ކުރާނެއެވެ.

އުރީދޫ އިން ބުނީ ސުވާލާއެކު ޖަވާބުތައް ހިމެނޭ ތާވަލެއް އުރީދޫން ދޭނެ ކަމަށާއި އެ ތާވަލުގައި ހުރި ޖަވާބުތަކުގެ ތެރެއިން ރަނގަޅު ޖަވާބުތަކުގައި ބޮޅު އެޅުމަށް ފަހު “އުރީދޫ ރޯދަ ކުއިޒް” ހޭޝްޓެގް ޖަހައި، ކޮންމެ ރެއެއްގެ 11:30 ގެ ކުރިން ސޯޝަލް މީޑިއާގައި ޖަވާބުތައް ޕޯސްޓްކުރަން ޖެހޭނެ ކަމަށެވެ.

“ޖުމްލަ ހަތަރު ސުވާލު ޕޯސްޓްކުރާނެ. ހަފްތާއަކު އެއްފަހަރު ނަގާ ގުރުއަތުލުމުގައި ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް އިއަރބަޑްސް ލިބޭނެ.” އުރީދޫ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 13 ޕްރޯ އެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.