މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު، ވިސާމް ޢަލީ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވި ސަބަބެއް މިހައިތަނަށް ހާމަކުރައްވާފައި ނުވިނަމަވެސް، އޭނާ ކޮށްދެއްވާފައިވާ ޚިދުމަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވިސާމް ޢަލީ އިސްތިއުފާ ދެއްވުމުން މެލޭޝިއާގައި ހުންނަ ހައިކޮމިޝަން ހިންގަވާނީ އެ ގައުމަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރެވެ.
ވިސާމް ވަނީ މަޖިލީހުގެ 17 ވަނަ ދައުރުގައި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ.