English Edition
Dhivehi Edition

އަނަންޔާ ޕާންޑޭ އާއި އިޝާން ކައްޓާރުގެ ލޯބީގެ ގުޅުމަށް ނިމުމެއް ގެނެސްފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފާހަގަކުރި ޝާހިދު ކަޕޫރުގެ އުފަންދުވަހުވެސް އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޝާހިދުގެ އެއްބަނޑު ކޮއްކޮ އިޝާން އާއި އަނަންޔާއެވެ. އެ ދުވަހުގެ ހުރިހާ ފޮޓޯއަކުންވެސް، މި ދެ ތަރިން އެކުގައި ފެނިގެން ދިޔައިރު މި ޒުވާން ޖޯޑު ވަރަށް ލޯބި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެހެންކަމުން، ދެ މީހުންގެ ހިޔާލު ތަފާތުވުންތަކެއް ހުރުމުގެ ސަބަބުން، ވަކިވުމަކީ ސަޕޯޓަރުންނަށްވެސް ލިބުނު ބޮޑު ހައިރާން ކަމެކެވެ.

އަނަންޔާއާ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އެމީހުންގެ ތިން އަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން އަބަދު ވެސް އޮންނާނެއެވެ.އަދި ފިލްމީ މަސައްކަތްތަކުގައިވެސް ދެމީހުން އެކުގައި ފެނިގެންދާނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ދަރްމާ ޕްރޮޑަކްޝަނުން 2019 ވަނަ އަހަރު ނެރުނު “ސްޓޫޑަންޓް އޮފް ދަ އިޔާ” އިން ބޮލީވުޑަށް ނުކުތް އަނަންޔާ އާއި އިޝާން ލޯބީގެ ގޮތުން ގުޅުނީ އެމީހުން އެކުގައި މަސައްކަތްކުރި “ކާލީ ޕީލީ” ގެ ޝޫޓިންގެ ތެރެއިންނެވެ.