English Edition
Dhivehi Edition

ހަފުތާއަކު ދެ ފަހަރު ފައިސާގެ އިނާމު ލިބޭ ފޮޓޯ ޗެލެންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

މި އަންނަ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޗެލެންޖާއި ބެހޭގޮތުން ބީއެމްއެލް އިން ބުނީ މި ޗެލެންޖުގައި ބައިވެރިވެގެން ކޮންމެ ހަފްތާއަކު މޮޅުވާ ދެ ފަރާތަކަށް 1500 ރުފިޔާ ލިބޭނެ ކަމަށެވެ.

މި ޗެލެންޖު ފޭސްބުކް، އިންސްޓަގުރާމު އަދި ޓްވިޓަރ ގައި ވެސް ކުރިއަށް ގެންދާއިރު، އިންސްޓަގްރާމް އަދި ފޭސްބުކް ގައި ފޮޓޯއެއް ނުވަތަ ފޮޓޯތައް ސްޓޯރީއަށް ނުވަތަ ޕޯސްޓެއް ޝެއަރކޮށް، ފޮޓޯތަކުގައި ބީއެމްއެލް ޓެގްކޮށް ހޭޝްޓެގްގެ ގޮތުގައި RoadhaWithAmex# ބޭނުންކުރަން ޖެހެއެވެ. އަދި ޕްރޮފައިލް އިންނަންޖެހޭނީ ޕަބްލިކްކޮށެވެ.

ޓްވިޓަރ ގައި ނަމަ ފޮޓޯއެއް ނުވަތަ ފޮޓޯތައް ސްޓޯރީއަށް ނުވަތަ ޕޯސްޓެއް ޝެއަރކޮށް، ފޮޓޯތަކުގައި ބީއެމްއެލް ޓެގްކޮށް / މެންޝަންކޮށް، ހޭޝްޓެގްގެ ގޮތުގައި RoadhaWithAmex# ބޭނުންކުރަން ޖެހެއެވެ. އަދި ޓްވިޓަރ ޕްރޮފައިލް ވެސް އިންނަންޖެހޭނީ ޕަބްލިކްކޮށެވެ.

ބީއެމްއެލް އިން ބުނީ މި ޗެލެންޖުގައި މޮޅުވާ މީހަކު ހޮވާނީ ޖަޖިންގ ޕެނަލަކުން ކަމަށެވެ.