English Edition
Dhivehi Edition

ފްރެންޗް ލީގުގައި ރޭ ލޮރިއެންޓް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ.

ޕީއެސްޖިގެ އަމިއްލަ ދަނޑުގައި ލޮރިއެންޓް އާއި ދެކޮޅަށް ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާއިންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެމްބާޕޭގެ އެހީތެރިކަމާއި އެކު މި ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ނޭމާއެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކުރީ މެޗުގެ 28 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޕީއެސްޖީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ވަނަ ހާފަށް ކުޅެން ކުޅެން ނުކުމެ، ހާފުގެ ވަރަށް ކުރީކޮޅު ލޮރިއެންޓުން ވަނީ ލަނޑެއް ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 56 ވަނަ މިނިޓްގައި ލޮރިއެންޓަށް މި ލަނޑު ޖަހައިދިނީ ތަރޭމް މޯފީ އެވެ.

ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖަހާއިތުރަށް ލީޑު ފުޅާކުރީ މެޗުގެ 67 ވަަނަ މިނިޓްގައެވެ. އަޝްރަފް ހަކީމީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ އެމްބާޕޭ އެވެ.

ޕީއެސްޖީގެ ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި މެސީ ކާމިޔާބު ކޮށްދިންއިރު، ޕީއެސްޖީގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ނޭމާއެވެ. މި ދެ ލަނޑު ޖެހުމަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.

މި މޮޅާއި އެކު ޕީއެސްޖީ ތާވަލްގެ އެއްވަނާގައި 12 ޕޮއިންޓް ގެ ކީޑެއް ނެގިއިރު، އެޓީމު އެއް ވަނައިގައި އޮތީ ކުޅުނު 30 މެޗުން ލިބުނު 68 ޕޮއިންޓާއި އެކުގައެވެ.