English Edition
Dhivehi Edition

އުރީދޫގެ ފައިނޭންސް ޑިރެކްޓަރގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އިނޭންޝިއަލް މެނޭޖްމަންޓް ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ހުސައިން ޒަރީރެވެ.

ހުސައިން އަކީ ފައިނޭންޝިއަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ އާއި ފައިނޭންޝިއަލް ޕްލޭނިންގ އާއި ބަޖެޓިންގ އާއި ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓްރެޓެޖީ ޑިވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިިގެންފައިވާ ބޭފުޅެކެވެ.

15 އަހަރު އުރީދުއަށް ޚިދުމަތް ކޮށްދެއްވާފައިވާ ހުސައިން ޒަރީރު އޭރުވަނީ އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލަރގެ މަގާމާއި ސީނިއަރ ބައެއް މަގާމުތައް ވެސް ފުރުއްވާފައެވެ.

ހުސައިން 2020 ވަނަ އަހަރު އުރީދޫން ވަކިވެވަޑައިގެން ނަމަވެސް އަލުން އޭނާ އެ ޓީމާ މިހާރު ގުޅިވަޑައިގަތުމުން ޓީމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާ ކަމަށް އުރީދޫން ހާމަކުރެއެވެ.