English Edition
Dhivehi Edition

އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ހުކުރު ދުވަހުގެ ރޭ ބާއްވައިފިއެވެ.

މި އަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ވި 32 ގައުމުގެ މެދުގައި ގުރުއަތުލުން ރޭ ވޭއްވިއިރު، މި ކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިފަހަރުގެ ވޯލްޑްކަޕް މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ގަތަރުގެ ވެރިރަށް ދޯހާގައެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ގުރޫޕްތައް ބަހާލިއިރު، ލްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ހިމެނުނީ ރޮނާލްޑޯ އާއި އެއް ކުލަބަކަށް ކުޅެމުން އަންނަ އެޑިންސަން ކަވާނީގެ އުރުގުއޭ އާއި އެއް ގުރޫޕެއްގައެވެ. މި ދެ ގައުމު ހިމެނުނީ ގްރޫޕް އެޗް ގައެވެ. ގްރޫޕް އެޗް ގައި ޕޯޗުގަލް އާއި އުރުގުއޭގެ އިތުރުން ދެން ހިމެނެނީ ރިޕަބްލިކް އޮފް ކޮރެއާ އާއި ގާނާއެވެ.

އެހެން ގުރޫޕް ތަކަށް ބަލާއިރު، މުބާރާތް ބާއްވާ ގައުމު ގަތަރު ހިމެނުނީ އެކުއެޑޯ، ސެނެގޯލް އަދި ނެދަލެންޑްސްއާ އެކު ގްރޫޕް އޭ ގަ އެވެ.

ގުރޫޕް ބީގައި ހިމެނެނީ އިންގްލެންޑް، އީރާން އަދި އެމެރިކާގެ އިތުރުން ޕްލޭއޮފުން ހޮވޭ ޓީމަކާ އެކު އެވެ. އެ ގްރޫޕުގައި ދެން ހިމެނޭނީ ޕްލޭއޮފްގައި ވޭލްސް އާއި ޔޫކްރެއިން އަދި ސްކޮޓްލެންޑްގެ ތެރެއިން އަންނަ ޓީމެކެވެ.

ގްރޫޕް ސީއަށް ބަލާއިރު، މި ގުތޫޕުްގައި ހިމެނެނީ އާޖެންޓީނާ، ސައުދީ އަރަބިއްޔާ، މެކްސިކޯ އަދި ޕޮލެންޑް އެވެ.

އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ހިމެނުނީ، ޑެންމާކާއި ޓިއުނީޝިއާގެ އިތުރުން ދެން މި ގްރޫޕްގައި ބާކީ އޮތް ޖާގަ އަށް ތިން ޓީމެއް ވާދަކުރެ އެވެ. އެއީ އޭޝިއާގެ އޮސްޓްރޭލިއާ އާއި ޔޫއޭއީގެ އިތުރުން ދެކުނު އެމެރިކާގެ ޕްލޭއޮފް ޖާގަ ހޯދި ޕެރޫ އެވެ.

ގްރޫޕް އީގައި ހިމެނޭ ޓީމުތަކަކީ ސްޕެއިނާއި ޖަރުމަނުގެ އިތުރުން ޖަޕާން އެވެ. ދެން މި ގްރޫޕުގައި ހިމެނޭނީ ކޮސްޓަ ރީކާ އާއި ނިއު ޒީލެންޑް ބައްދަލުކުރާ ޕްލޭއޮފުން މޮޅުވާ ޓީމެކެވެ.

ގްރޫޕް އެފް ގައި ހިމެނޭ ޓީމުތަކަކީ ބްލެޖިއަމް ، މޮރޮކޯ، ކްރޮއޭޝިއާ އަދި އަލަށް ވޯލްޑްކަޕަށް ކޮލިފައިވި ކެނެޑާއެވެ.

ގްރޫޕް ޖީ ގައި ހިމެނެނީ ބްރެޒިލް، ސާބިއާ، ސްވިޒަލެންޑް އަދި ކެމަރޫން އެވެ.