English Edition
Dhivehi Edition
ރޯސްވޯޓަރ ލައިމް މިންޓް ޖޫސް/ ފޮޓޯ: ގޫގަލް

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އޭއޯނިއުސްގެ ކިޔުންތެރިންނަށް އަރިސްކުރަމެވެ. އަޅުގަނޑުމެން ރޯދަ މަހަށް ޚާއްސަކޮށްގެން ހިމަނާ، ‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭނީ ރޯދަވީއްލާ ގަޑިއަށް ބޯލަން ވަރަށް މީރު އަދި ހަށިގަނޑަށް ފައިދާހުރި ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. މިޑްރިންކް އަކީ، ހޫނުގަދަ ދުވަސްވަރު ރޯދައަށް ހުރުމަށްފަހު ބުއިމުން ހަށިގަނޑު ފިނިކޮށްދީ ކަރު ހިއްކުން ފިލައިގެން ދިޔުމުގެ އިތުރުން ހަށިގަނޑަށް ވަރަށް ފައިދާހުރި ބުއިމެކެވެ. އެގޮތުން މިއަދު ގެނެސްދޭ ބުއިމަކީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސިޕީ އެއްކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

10 ތައްޓަށް

150ގ ހަކުރު

1.5ލޓ. ފެން

50ގ ފްރެޝް މިންޓް ފަތް

20މލ. ރޯސްވޯޓަރ

3 ބޮޑު ލުނބޮލުގެ ޖޫސް

ތައްޔާރުކުރާނެގޮތް:

ހުރިހާ ތަކެތި ބްލެންޑަރަށް އެޅުމަށްފަހު ގިރާލާށެވެ. ފްރިޖްގައި ބެހެއްޓުމަށް ފަހު ފިނިކޮށްގެން ސާރވް ކުރާށެވެ. މި ޑްރިންކް ގާނިޝް ކުރުމަށް އައިސްކިއުބް، މިންޓްފަތް އަދި ފިނިފެންމަލުގެ ފިޔަ ބޭނުން ކުރެވިދާނެއެވެ.