English Edition
Dhivehi Edition

މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ ” އަލް ރިހްލާ”‘ އާންމުކޮށް ދައްކާލައިފި އެވެ.

މި ދަހަރުގެ ވޯލްޑްކަޕަށް އެޑިޑާސް ކުންފުނިން ތައްޔާރު ކުރި މި ބޯޅައަށް އަރަބި ބަހުން އަލް ރިހްލާ އޭ ކިޔާ ނަން ދެވިފައިވަނީ “ދި ޖާނީ” (ދަތުރު) މި ލަފުޒު އަސްލަކަށް ބަލައިގެންނެވެ.

އެޑިޑާސްއިން ބުނީ މި މިފަހަރުގެ ވޯލްޑްކަޕަށް އުފެއްދި މި ޚާއްޞަ ބޯޅައަކީ އެ ކުންފުނީގެ ތަފާތު އުފެއްދުމެއް ކަމަށާއި މި އީ މުޅިން އާ ފެށުމެއް ކަމަށެވެ. މީގެ އިތުރުން މި ބޯޅަ ތައްޔާރު ކޮށްފައިވަނީ ގަތަރުގެ ސަޤާފަތާއި ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށްވެސް އެޑިޑާސް ކުންފުނިން ބުނެފައިވެއެވެ.

އެ ބޯޅަ އުފެއްދި ޖަރުމަނުގެ އެޑިޑާސް ކުންފުނިން ބުނީ، އެ ކުންފުނީގެ އުންމީދަކީ މި އަހަރު ގަތަރުގައި ބޭއްވޭ ވޯލްޑް ކަޕުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދިއުމަށް އެ ބޯޅަ އަކީ އެންމެ ބޮޑު އެހީތެރިއަކަށް ވެގެން ދިއުން ކަމަށެވެ.

އަލް ރިހްލާ ނަން ދެވިފައިވާ މި ބޯޅަ ރަސްމީކޮށް ދައްކާލުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މި ފަހަރުގެ ވޯލްޑްކަޕަށް އެޑިޑާސް ކުންފުނިން އުފައްދާފައިވާ މި ބޯޅަ އަކީ ވޯލްޑްކަޕްގެ މުޅި ތާރީޚުގައި ވެސް ބޭނުން ނުކުރާ ފަދަ ހަލުވި ސްޕީޑް ބާރު އަދި ކުޅެލަން ފަސޭހަ ބޯޅައެއް ކަމަށެވެ.

އެ ބޯޅަ ދައްކާލުމަށް ބޭއްވި ހަފްލާގައި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ސައުތް ކޮރެއާގެ ކެޕްޓަން ސޮން ހިއުންމިން އެވެ. ބޯޅައާ ބެހޭގޮތުން މެސީ ބުނެފައި ވަނީ، ބޯޅައިގައި އަލަށް އެކުލެވިފައިވާ ސިފަތަކާއި ބޯޅައިގެ ކުލަ އާއި އެހެނިހެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި ބޯޅަ ތައާރަފް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި އަހަރު ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑްކަޕަށް ޚާއްސަކޮށްގެން އެޑިޑާސްއިން “އަލް ރިހްލާ”ގެ ނަމުން ނަން ދީގެން ބޯޅައެއް އުފައްދާ ރަސްމީކޮށް ދައްކާލާފައިވާއިރު، މިއީ މިއީ އެ ކުންފުނިން މިގޮތަށް ފީފާ ވޯލްޑްކަޕަށް ޖެހިޖެހިގެން ތައްޔާރުކުރި 14 ވަނަ އޮފިޝަލް ބޯޅައެވެ.