English Edition
Dhivehi Edition
މި ރަމަޟާން މަހު ދައްކަން ފަށާ “މަދަހަ ރަން އަޑު” ޕްރޮގްރާމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މަދަހަ ރަން އަޑަކީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން 2020 ވަނަ އަހަރު ފެށި މުބާރާތެކެވެ. އަދި މިއީ މުޅި ރާއްޖެއަށް ބޮޑު މަގުބޫލުކަމެއް ލިބި، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަދަހަ މުބާރާތެކެވެ.
މި މުބާރާތުގެ މަޤްޞަދަކީ ޒުވާން ހުނަރުވެރިންގެ އަގުވަޒަންކޮށް، އެ ހުނަރުތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމާއި ލަވަކިޔުމުގެ ތެރެއިން އިސްލާމީ ޢަޤީދާ ކުރިއެރުވުމެވެ.
މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރާއިރު، މި ޕްރޮގްރާމް ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 4.15 އިން ހަވީރު 4.45 އަށް ވީޓީވީން ވަގުތުން ދައްކާނެއެވެ.
މި ޕްރޮގްރާމުގެ އެޕިސޯޑްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުން ވެސް ބަލައިލެވޭނެއެވެ.
ދިރާގުން ދަނީ އިސްލާމީ ރިވެތި އުސޫލުތައް ކުރިއަރުވައި، އިސްލާމީ ރިވެތި އުސޫލުތަކަށް ފަޚުރުވެރިވާ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގައި ހިއްސާވާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދެމުންނެވެ.

ޓެގު