English Edition
Dhivehi Edition

ރާއްޖެފަދަ ކުޑަ ގައުމަކުން އެހެން ގައުމުތަކާމެދު ނުރުހުން ފާޅުކުރުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށް އެމްޑީއޭގެ ލީޑަރ އަދި ދ. މީދޫ ދާއިރާގެ މަޖުލިސް މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ތެރެއަށް ރާއްޖެއިން ވަންނާކަށް ނުޖެހޭ ކަމަށެވެ.

ކުރިއަށްއޮތްތަނުގައި ޤައުމު ހިންގުމަށް އަންނަ ބޭފުޅުންނަކީ ކިހާވަރެއްގެ ލަޔާގަތާ ޤާބިލުކަންހުރި ބައެއްކަން ރައްޔިތުން ބަލަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އަދި ފޮރިން ޕޮލިސީ އާއި ދިވެހި ރައްޔިތުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު އެބައި މީހުންނަށް ދެވޭނެ ބައެއްތޯ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމައި، ރަމަޟާން މަހަށްފަހު، ރާއްޖޭގެ ހުރިހައި ރަށަކަށް ދިއުމަށް އެމްޑީއޭ އިން މިހާރުވަނީ ނިންމާފައެވެ.