English Edition
Dhivehi Edition

ދިވެހި ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.

އެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ “ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި 2022 މާރިޗު 30 ވަނަ ދުވަހުގެރޭ 23:00 ގައި، ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަން.” ކަމަށެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބާގައި އެކި ހަރަކާތްތައް ރާވާފައިވާ އިރު، ހުޅުމާލޭގައި މިރޭ ޑިނަރ ނައިޓެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ ރޭ ބާއްވާފައެވެ.

މި ޖަލްސާގައި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާ މެޑަލް ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޓެގު