English Edition
Dhivehi Edition

ހަތް އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ބޯޑު ގޭމް “ހައްޕު” މޫލީ މެދުވެރިކޮށް ވިއްކަން ފަށައިފިއެވެ.

ދިވެހިންގެ ތެރޭގައި ވަރަށްބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ގޭމް ބޮޑެތި މީހުންގެ މެދުގައި ވެސް ވައިގާ ހިފާފައިވާއިރު، މި ގޭމު ކުޅުމަށް ދެ ޓީމެއް ހަދަން ޖެހެއެވެ.

ގޭމުގައި ހިމެނޭ 200 ކާޑުގެ ތެރެއިން ކާޑެއް ނެގުމަށް ފަހު، އެ ކާޑުގައިވާ ބަސް ޓީމުގެ އެހެނިހެން މެންބަރުންނަށް ކިޔައިދިނުމަށް ފަހަރަކު ކުޅުންތެރިއެއް މަސައްކަތް ކުރާނެއެވެ. މިގޮތަށް މަސައްކަތްކުރާއިރު، ކޮންމެ ކާޑަކު އޮންނަ ހަތަރު “ހައްޕު” ބަސް ބޭނުންކުރުމަކީ މަނާ ކަމެކެވެ. ދިމާވާ ކޮންމެ ބަހަކީ ޓީމަށް ލިބޭ ޕޮއިންޓެކެވެ.

ކުޅެމުންދާއިރު “ހައްޕު” ބަހެއް ބުނޭތޯ ބެލުމަށް އަނެއް ޓީމުގެ ކުޅުންތެރިން ފާރަވެރިވާނެއެވެ. އަދި އެކަން ފާހަގަވެއްޖެނަމަ، ބޯޓެއްގެ ސިފައިގައި އޮންނަ ދުންމާރި ގޮއްވާލާނެއެވެ.

އެއް ޓީމަކަށް ފަހު އަނެއް ޓީމު ކުޅުމަށް ފަހު، ދެ ޓީމުގެ ޕޮއިންޓު ގުނާނީ ދިމާވި ކާޑުތައް ގުނައިގެންނެވެ.

މިއީ ރަމަޟާން މަހުގެ ރޯދަ ކުރުކޮށްލަން ޢާއިލާގެ މެމްބަރުންނާއި ރައްޓެހި ރަޙުމަތްތެރިންނާ އެކު ވެސް ކުޅެލަން ރަނގަޅު ގޭމެކެވެ.