English Edition
Dhivehi Edition

ސީޝޭލްސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފަރުރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޯވިޑް-19ގެ ޙާލަތާއި ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާގޮތާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިޤްތިޞާދީ ހަރާކާތްތަކާއި ފަތުރުވެރިކަމާއި ދެ ޤައުމުގެ ތާރީޚްފަދަ ދެ ފަރާތުން އިސްކަންދޭ އެކި މައުޟޫއުތަކުގައި ޚިޔާލުބަދަކުރައްވައި ވާހަކަފުޅު ދައްކަވާފައުވެއެވެ.

މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްޞީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ޓެގު