English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އިއްޔެއާއި މިއަދު ފުވައްމުލަކުގައި ހުންނެވުމަށް ފަހު، އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.

އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔާރު އަލީ ނިޒާރާއި ކައުންސިލްގެ އިސްބޭފުޅުންނެވެ. އަދި ކުރީގެ މޭޔަރު އަބްދުﷲ ސާދިގާއި އައްޑޫގެ ގިނައަދަދެއްގެ ރައްޔިތުން ވެސް އެމަނިކުފާނަށް މަރުހަބާ ދެންމެވުމަށް ވަޑައިގެން ތިއްބެވިއެވެ.

ރައީސް ސާލިހުގެ މިދަތުރުފުޅުގައި އައްޑޫސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އައްޑޫގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.