English Edition
Dhivehi Edition

ބޮލީވުޑުގެ ބަތަލާ ޝްރައްދާ ކަޕޫރު މިހާރު ހުރީ ހުސްކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފިއެވެ.

ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޝްރައްދާ އާއި ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާގެ ލޯބީގެ ސަފުހާތަކަށް ހަތަރު އަހަރަށް ފަހުވަނީ ނިމުން އައިސްފައެވެ. އަދި އެ ދެމީހުން ރުޅިވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

ޝްރައްދާ އަކީ އޭނާގެ ލޯބިވެރިންގެ ވާހަކަތައް މީޑިއާގައި ހާމަކުރާ މީހަކަށް ނުވިޔަސް ރޯހަން އާ ރުޅިވިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ނޫސްތަކުގައި ބުނެފައިވަނީ ޝްރައްދާގެ އާއިލާއިން ބާއްވާ ކޮންމެ ޕާޓީއެއްގައި ކުރިން ރޯހަން ބައިވެރިވަމުން ދިޔަ ރޯހަން، ޝްރައްދާގެ އުފަން ދުވަހުގެ ހަފުލާއިން މިފަހަރު ފެނިފައިނުވުމެވެ. މިމަހު ކުރީކޮޅު ގޯއާ ގައި ބޭއްވި މި ހަފުލާއިން ރޯހަން ނުފެނުމަކީ އެ ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭކަން ޔަގީންވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ޝްރައްދާ އާއި ރޯހަން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް މިދިޔަ އަހަރު ފެތުރިފައިވީނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝްރައްދާ އާއި ރޯހަންގެ ގުޅުން މިހާރު ވަނީ މުޅިން ކެނޑި ދެމީހުން ދެ މަންޒިލަކަށް ދަތުރުފަށާފައެވެ.

އެމީހުންގެ އެކުވެރިޔަކާއި ޙަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން ދެ މީހުންގެ ލޯބީގައި އޮތީ ކުނިޖެހިފައިވާ ކަމަށާއި ފެބްރުއަރީގައި އެމީހުންގެ ލޯބީގެ ގުޅުން ކަނޑާލާފައިވާ ކަމަށެވެ.

ރޯހަން އާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ޝްރައްދާ ވަނީ “އާޝިގީ 2” ގެ ބަތަލު އަދިތުޔާ ރޯއީ ކަޕޫރާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އެ ދެމީހުންގެ ގުޅުމަށް ނިމުން އައުމަށްފަހު، އެކްޓަރު ފަރްހާން އަޚްތަރާއެކު ވެސް ޝްރައްދާގެ ލޯބީގެ ގުޅުންތަކެއްގެ ވާހަކަ ވަނީ ފެންމަތިވެފައެވެ. އެކަމަކު އެ ގުޅުމަށް ނިމުން އައީ ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. އެއީ ފަރްހާނައަކީ ޝްރައްދާ އަށް ވުރެ ޢުމުރުން މާ ދޮށީ މީހަކަށްވެފައި، ފަރްހާން ކައިވެންނެއް ކޮށް ޓީންއޭޖް ފުރައިގެ ދެ ކުދިން ތިބުމެވެ.

1 ކޮމެންޓް
ހަސަނުގ
މާޗް 27, 2022
އެހެންތަވީ. ސެޓް ކޮއްދީބަލަ.