English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި މި ސަރުކާރުން ޖުމްލަ 21 މަޝްރޫއެއް ކުރިއަށް ދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދިވެހި ސަރުކާރުން އާންމުކުރި މައުލޫމާތަށް ބަލާއިރު ފުވައްމުލަށް ސިޓީގައި ކުރިއަށް ގެންދިޔަ ޖުމްލަ 4 މަޝްރޫއެއް ވަނީ އެއްކޮށް ނިމިފައެވެ.މި ގޮތުން އެއްކޮށް ނިމިފައިވާ މަސައްކަތްތަކަކީ އެމްޖޭއެމް ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތާއި، ފުވައްމުލައް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ފްލެޓް ސަރަހައްދުގެ ލޭންޑް ސްކޭޕް އަދި ފެންސުޖެހުމުގެ މަސައްކަތުގެ އިތުރުން އައުޓްޑޯރ ޖިމްގެ މަސައްކަތެވެ.

ފުވައްމުލައް ސިޓީގައި ހިނގަމުންދާ 8 މަޝްރޫއުގެ ތެރޭގައި ހިމެނެނީ މަގު ހެދުމާއި، ފުވައްމުލައް ހޮސްޕިޓަލް ތަރައްގީ ކުރުމާއި، މަސްޖިދުއް ހުދާ އިމާރާތްކުރުމާއި،ދޫޑިގަން އަވަށު މިސްކިތް އިމާރަތްކުރުމާއި، އަދި އެ އަވަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމެވެ.މީގެ އިތުރުން ހާފިޒު އަހްމަދު ސްކޫލްގައި 16 ކްލާސް ރޫމް ގެ ތިން ބުރި އެޅުމާއި މުހައްމަދު ޖަމާލުއްދީން ސްކޫލުގައި 16 ކްލާހާއި ކޮމްޕިއުޓަރު ލެބު ހެދުމުގެ އިތުރުން ފުވައްމުލައް ސްކޫލުގައި މަލްޓި ޕާރޕަސް ހޯލެއް ހެދުން ހިމެނެއެވެ.

މީގެ އިތުރުން މިހާރު ކޮންޓްރެކްޓް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ޤުރުޢާނާއި ބެހޭ މަރުކަޒު ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ވޮލީ ކޯޓު ތަރައްޤީކުރުން ހިމެނެއެވެ.

މި މަޝްރޫއުތަކުގެ އިތުރުން 4 މަޝްރޫއެއް ޓެންޑަރކޮށްފައިވާއިރު 2 މަޝްރޫއެއް އެވ‏ޯޑްކޮށްފައިވެއެވެ.