English Edition
Dhivehi Edition

މި ސީޒަނަށް ފަހު ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ބައެއް ކުޅުންތެރިންނަށް ބަލާއިރު، އޭގެ ތެރޭގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އަންނަ ޖޫންމަހުގެ ނިޔަލަށް އެއްބަސްވުން ހަމަ ވުމުން ހިލޭ ޓްރާންސްފާގެ ދަށުން ކުލަބު ދޫކޮށްފާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަށް ބަލާއިރު، ތެރޭގައި ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ޕައިލޯ ޑިވާލާ، ޗެލްސީގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ، ކީލިއަން އެމްބާޕޭ، އޮސާމާ ޑެމްބެލޭ ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި ކުޅުންތެރިންގެ އެއްބަސްވުން މިހާރު ކުރިޔަށްދާ ފުޓްބޯޅަ ސީޒަނަށް ފަހު ހަމަވާއިރު، ހިލޭ ޓްރާންސްފާގެ ދަށުން އެކުޅުންތެރިން ބޭނުން ކުލަބަކަށް ބަދަލުވެވޭނެއެވެ. އެގޮތުން ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ކުޅުންތެރިންނަށް ޔޫރަޕްގެ ބައެއް ބޮޑެތި ކުލަބުތަކުން އަންނަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

އެގޮތުން ޕައުލޯ ޑިބާލާއަށް އިޓަލީގެ އޭސީ މިލާން، އެތްލެޓިކޯ މެޑްރިޑް، ބާސެލޯނާ، ޔުނައިޓެޑް ފަދަ ކުލަބުތަކުން ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނާއިރު، ޕޯލް ޕޮގްބާ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ، ސްޕެއިންގެ ރެއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސް އިން ޝައުގުވެރިވެއެވެ. މީގެ އިތުރުން ކީލިއަން އެމްބާޕޭ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނައިރު، އެމްބާޕޭ ރެއާލަށް ބަދަލުވާން މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގެ ދަށުން ކުލަބު ބަދަލުކުރެވޭނެ ބައެއް މަޝްޙޫރު ކުޅުންތެރިންގެ ނަންތައް

އެންޑްރޫ އޮނާނާ ( އަޔެކްސް)

ސެޒަ އަޒްޕްލިކުއެޓާ (ޗެލްސީ)

އެންޓޯނިއޯ ރޫޑިގާ (ޗެލްސީ)

ޑެން އަޒެލް ޒެގަޑޫ (ބޮރޫޝިއާ ޑޯޓްމުންޑް)

މާސެލޯ (ރެއާލް މެޑްރިޑް)

ލުކަ މޮޑްްރިޗް (ރެއާލް މެޑްރިޑް)

ޕޯލް ޕޮގްބާ ( މެންޗެސްޓާ ޔުނައިޓެޑް)

ޕައުލޯ ޑިބާލާ (ޔުވެންޓަސް)

ކީލިއަން އެމްބާޕޭ (ޕީއެސްޖީ)

އޮސާމާ ޑެމްވެލޭ (ބާސެލޯނާ)