English Edition
Dhivehi Edition

މޯލްޑިވިއަން އިން ލަންކާއަށް ކުރާ ދަތުރުތައް ރަމަޟާން މަހަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ އެއަރލައިނުން ބުނީ ސްރީލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުތަކަށް ވަރަށްބޮޑު ލިބޭ ތަރުހީބެއް ލިބެމުން އަންނަކަމަށާއި އެ ދަތުރުތައް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

އެގޮތުން ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އެކަމަށް ޚާއްސަ އިވެންޓެއް ބާއްވާފައިވާއިރު، އެ އިވެންޓަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އެހެންނަމަވެސް އެފަރާތުން ބުނީ ރޯދަމަހަކީ ދިވެހިން އާއްމުކޮށް ދަތުރުކޮށް އުޅޭ މަހަކަށް ނުވާތީ ރޯދަ މަހާ ދިމާކޮށް އެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ރަމަޟާން މަސް ނިމުމާއިއެކު އަލުން ދަތުރުތައް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

ލަންކާގައި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދުތަކާ އެންމެ ކައިރީގައި އޮންނަ ރަތުމަލާނާ އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި މި މަހުގެ 29 އަދި 31 ގައިވެސް ދަތުރުތައް ވަނީ ޝެޑިއުލް ކޮށްފައެވެ.