English Edition
Dhivehi Edition

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ލިވަޕޫލް ރޭ މޮޅުވީ ނޮޓިންހަމް ފޮރެސްޓް އަތުން 0-1 ގެ ނަތީޖާއިންނެވެ. އަދި މެންޗެސްޓާ ސިޓީ މޮޅުވީ ސައުތެމްޕްޓަން 1-4 ގެ ނަތީޖާއިންނެވެ.

ލިވަޕޫލް އަދި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ރޭގެ މި މެޗުގައި ލިވަޕޫލުން ޖެހި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 78 ވަނަ މިނިޓްގައެވެ. މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ޑިއޯގޯ ޖޮޓާ އެވެ.

ރޭމެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ސިޓީންނެވެ. ޖީސުސްގެ އެހީތެރިކަމާއި އެކު މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޮޓިންހަމް ފޮރެސްޓުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް މި ލަނޑަކީ ސިޓީގެ އައިމެރިކް ލަޕޯޓް އަތުން ބައިކޮޅަށް ވަން ލަނޑެެކެވެ. މި މެޗުގައި ދެވަނަ ފަހަރަށް ސިޓީން ލީޑު ނެގީ ލިބުނު ޕެނަލްޓީ އެއްގައި ކެވިން ޑިބްރޭނާ ޖަހައިދިން ލަނޑުންނެވެ. ސިޓީގެ ފަހު ދެ ލަނޑު ޖަހައިދިނީ ފިލް ފޯޑެން އާއި ރިޔާދު މާރޭޒްއެވެ.

ލިވަޕޫލް އަދި ސިޓީން ސެމީގެ ޖާގަ ކަށަވަރު ކުރިއިރު، ސެމީގައި ބައްދަލުކުރަން ޖެހޭނީ މި ދެޓީމެވެ. މި ދެޓީމު ބައްދަލުކުރާ ސެމީގެ މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ.