English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ކަގްލިއާރީއާއި ދެކޮޅަށް ކުޅުނު މެޗުން ހޯދި މޮޅާއި އެކު އޭސީ މިލާނުން ތާވަލްގެ އެއް ވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭ ރަށުން ބޭރުގައި ކަގްލިއާރީއާއި ދެކޮޅަށް ކުޅުނު މެޗުން މިލާން މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ރޭ ކުުޅުނު މި މެޗުގެ ފުރަތަހަ ހާފުގެ ކުޅުން ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި މިލާނުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފަހު ހާފުގެ 59 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު އިސްމާއިލް ބެނަސެއާ އެވެ.

ރޭގެ މޮޅާއި އެކު މިލާން އެއްވަނައިގާ ހަމަޖެހިލީ ކުޅުނު 30 މެޗުން ލިބުނު 66 ޕޮއިންޓާ އެކު އެވެ. މިލާނާއި އެންމެ ގާތުން ވާދަކުރާ ނަޕޮލީ އަށް ލިބިފައިވަނީ ކުޅުނު 30 މެޗުން 63 ޕޮއިންޓެވެ.