English Edition
Dhivehi Edition

ރެއާލް މެޑްރިޑްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ އަންނަ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުލޭ އެލްކްލެސިކޯ މެޗުގައި ނުކުޅެވޭނެ ކަމަށް ކުލަބުން ހާމަކޮށްފިއެވެ.

ވެންޒެމާއަށް މާދަމާރޭގެ މެޗު ނުކުޅެވޭނެ ކަން ޔަގީން ވެފައިވާއިރު، އޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ އެންމެ ފަހުން ލީގުގައި މަލޯކާއާއި ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއިން މޮޅުވި މެޗުގައެވެ. އެ މެޗުގައި އަނިޔާ ވެފައިވަނީ ބެންޒެމާގެ ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނަޑަށެވެ.

މި އަނިޔާގެ ސަބަބުން އެންމެ ފަހުން ރެއާލުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ބެންޒެމާ ބައިވެރި ވެފައެއް ނުވެއެވެ. އުރުން 34 ހަތަރު އަހަރުގެ ބެންޒެމާ އަކީ މިވަގުތު ރެއާލް މެޑްރިޑުގެ ފޯވާޑް ލައިންގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ އެންމެ ފޯމުގައި ހުރި ކުޅުންތެރިއާ އެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިގެން ލަނޑު ލިސްޓުގެ އެއް ވަނާގައި އޮތީ ވެސް ބެންޒެމާއެވެ. އޭނާ ވަނީ މިހާތަނަށް 22 ގޯލު ޖަހައިދީ 11 އެސިސްޓް ހަދައިފައެވެ.