English Edition
Dhivehi Edition

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މާދަމާ ހެނދުނު 10:00 އިން 11:30 އަށް ހެންވޭރާއި، ގަލޮޅުގެ ކަށިމާ ހިނގުމާއި، ބުރުޒު މަގު އަދި ލޮނުޒިޔާރަތް މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މާދަމާ މެންދުރު 13:00 އިން 15:00 އަށް ކަރަންޓު ކެނޑޭނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން މާފަންނުގެ އަލިވިލާމަގާއި، ޖަވާހިރުމަގު އަދި މިރިޔާސްމަގުގެ އިތުރުން، އުނިގަސްމަގާއި، މަޖީދީމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް މައްސަލަތައް ކުޑަކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް ރޯދަމަސް އޮތުމާއިއެކު މާލެ ސަރަހައްދުގެ ކަރަންޓުގެ ކަންކަން ރަނގަޅު ކުުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޓެގު