English Edition
Dhivehi Edition

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަން މުޙައްމަދު މިރުޝާން ޙަސަން ވިދާޅުވީ ރާއްޖޭގެ ބޮޑީބޯޑިންގ ކުޅިވަރު ތަރައްގީ ކުރުމަށް އެމްބީބީއޭ އަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި އެސޯސިއޭޝަނުން މިއަހަރު އެބޭފުޅުންގެ ތަރައްޤީގެ ޕްލޭންތައް ވަރަށް ބޮޑަށް ހަލުވިކުރަމުން އަންނައިރު، އެބޭފުޅުންގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އެއްބާރުލުން ކަށަވަރުކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.” މިރުޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަބްދުالله އަރީފް ވިދާޅުވީ ޒުވާނުންގެ ތަރައްގީގެ ޕްލޭންތަކާއި އެ އެސޯސިއޭޝަނުން ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާރުވެރިކުރުވުމަށް އެހީތެރިވެދީ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު އޮތުމަކީ ލިބޭ އުފަލެއް ކަމަށެވެ.

“މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް މާޔޫސްވާ ކަމަށާއި، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ދިރާގުން ދަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޒަރިއްޔާއިން މުޖުތަމައުތައް ހަރުދަނާ ކުރުމަށް ހިންގާ މަޝްރޫއުތަކަށް އެއްބާރުލުންދީ، އެކަމަށް ވަކާލާތު ކުރަމުން.” އަރީފް ވިދާޅުވިއެވެ.

ދިރާގުން ބުނީ ޒުވާން ކުދިން ބާރުވެރިކުރުވުމަށް ދިރާގުން ގެންގުޅޭ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސްއަކަށް ވާތީ، ދިރާގުން ރާއްޖޭގެ ބޮޑީބޯޑިންގ ކޮމިއުނިޓީއަށް އެއްބާރުލުން ދީ، އަންނަން އޮތް ޖީލުގެ އެތުލީޓުން ތަރައްގީކޮށް، ރާއްޖޭގެ ހުރިހާ މުޖުތަމައުއެއްގައި މި ކުޅިވަރަށް އޮތް ހިތްގައިމުކަން އަލުން ދިރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމްބީބީއޭ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެޝަނަލް ބޮޑީބޯޑިންގ ލީގެއް ބާއްވަން ނިންމާފައިވާއިރު، އެ އެސޯސިއޭޝަނުން ލީގުގެ ފުރަތަމަ މުބާރާތް ފަށާނީ މި މާރޗު މަހުގެ 20 އިން 30 ގެ ނިޔަލަށް ރާޅުގަނޑު ގައެވެ. އަދި މިއީ ރާއްޖޭގައި ބޮޑީބޯޑިންގ މުބާރާތެއްގައި ޑިޖިޓަލް ސްކޯރިންގ ސިސްޓަމެއް އެ އެސޯސިއޭޝަނުން ބޭނުން ކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.

އެމްބީބީއޭ އިން ވަނީ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން އެ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ އަހަރަށް އެ ޖަމިއްޔާގެ އިވެންޓް ޝެޑިއުލް ނެރެފައެވެ. މީގެ އިތުރުން، މިއަހަރު އެމްބީބީއޭ އިން ވަނީ ރާއްޖޭގެ ބޮޑީބޯޑިން ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ޑިވިޝަނެއް ވެސް ލީގްގައި ހިމަނާފައެވެ.

ޓެގު