English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުގައި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕެއިންގެ ވިޔަރެއާލުން ދަތުރު ކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ވިޔަރެއާލުން ޔުވެންޓަސް ބަލިކުރީ 3-0 ގެ ނަތީޖައިންނެވެ.

ރޭ 3-0 ގެ ނަތީޖާއިން ވިޔަރެއާލް މޮޅުވިއިރު، މިދިޔަ މަހު ވިޔަރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި އޮތީ ދެ ޓީމު 1-1 އިން އެއްވަރުވެފަ އެވެ. އެހެން ކަމުން ވިޔަރެއާލް ކުއާޓާ އަށް ދަތުރުކުރީ 1-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވްރުވެގެންނެވެ.

ރޭގެ މެޗުގައި ވިޔަރެއާލުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖެރާޑް މޮރޭނޯ އެވެ. މިއީ ފްރާންސިސް ކޮކަލިން އަށް އޭރިއާތެރެއިން ޑެނިއަލް ރުގާނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ވިޔަރެއާލުން ދެ ވަނަ ލަނޑު ޖެހީ ލިބުނު ކޯނަރެއްގައެވެ. ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ވިޔަރެއާލްގެ ޑިފެންޑަރު ޕައު ޓޮރޭޒް އެވެ.

ވިޔަރެއާލްގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ލަނޑު ޖެހައިދިނީ އާނައުޓް ޑަންޖޫމާ އެވެ. މިއީ ޔުވެންޓަސްގެ ޑިފެންޑަރ މަތައިސް ޑި ލިޓްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.