English Edition
Dhivehi Edition
މަސްތުވާތަކެތި ރަބަރު ޕެކެޓްގައި ބަންދުކޮށްފައި - ފޮޓޯ: ޕޮލިސް މީޑިޔާ

ރޭ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ އިންޑިއާ މީހެކެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ އިންޑިއާ މީހަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ހައްޔަރު ކޮށްފައިވާ މީހެއްކަމަށެވެ. އަދި މިހާރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.