English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 33 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚު އިޢުލާންކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ޖަލްސާ ބާއްވާނީ މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި ކަމަށެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޟިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

“ވީމާ، 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީއެރުވިފައެވެ.” ދިރާގުން ބުންޏެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޟިރުވެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފައި ކަމަށާއި ޖަލްސާކުރާ މާލަމަށް ވަޑައިގަންނަވަން ޤަސްދުކުރައްވާނަމަ ރެޖިސްޓަރކުރައްވާއިރު ވެކްސިން ކާޑް ހުށަހަޅުއްވަން ވާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގުން ބުނީ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލަމަށް ޙާޟިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 22 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެ ކަމަށެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 9 މާރިޗް 2022 ގައި ޝާއިއުކޮށްފައިވާނެ ކަމަށާއި މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

 

ޓެގު