ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ނުބޭއްވޭތާ 02 އަހަރަފަހު, ދަސްވެނިންނަށް ސަނަދުތައް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޙާފިޘު އަޙްމަދު ސްކޫލް ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވުސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވު އޮފިސަރ ޑރ. ޢަބުދުލް ހަންނާނު ވަޙީދާއި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޗެއަރމަން މުޙައްމަދު ވަޙީދާއި، ރެކްޓަރ އަޙްމަދު ނަފީސާއި، ވައިސް ޗެއަރމަން ޝައްފާން ވަޙީދާއި، އަދި ވައިސް ރެކްޓަރ ޙުސައިން ސައީދެވެ.
އެ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ވަނީ އެ ކޮލެޖުން މީގެކުރިން ދެމުން އައި ޗެއަރމަން އެވޯޑުގެ ބަދަލުގައި މިއަހަރުން ފެށިގެން އާ ދެ އެވޯޑެއް ދޭން ފަށާފައެވެ. މި ގޮތުން ކޮލެޖުގެ ޗެއަރމަން މުޙައްމަދުގެ ވަޙީދުގެ ލޮބުވެތި ބައްޕަ ޏ. ފުވައްމުލަކު، މާލެގަން، ހުވަދަގެ އަލްމަރްހޫމް އަޙްމަދު ވަޙީދާއި، ޗެއަރމަންގެ ލޮބުވެތި ދޮންބައްޕަ ޏ. ފުވައްމުލަކު، މިސްކިތްމަގު، ރަންދުވަރު އަލްމަރްހޫމް މުޙައްމަދު ސަޢީދުގެ ނަމުގައި ދެވޭ ހަނދާނީ އެވޯޑާއި ފައިސާގެ އިނާމް ވަނީ ހަވާލްކޮށްފައެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މި އަހަރު ދަސްވެނީންގެ ތެރެއިން ފަޚުރުވެރި “ހުވަނދަގެ ވަޙީދު އެވޯޑު” ހާސިލުކޮށްފައިވަނީ މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޚަދީޖާ މުހައްމަދު (ރަންބަގީޗާގެ) މާސްޓަރ އޮފް އެޑިޔުކޭޝަނުން ސ. މަރަދޫފޭދޫ، ސިނަމާގެ، މަރްޔަމް ސިފުނާ އަދި މާސްޓަރ އޮފް އިންކްލޫސިވު އެޑިޔުކޭޝަނުން ހައްވާ ހަމީދާ، މާލެ މުނިސިޕަލްޓީ ދަފްތަރު ނަމްބަރ ރސ 7671 އެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މި އަހަރު ދަސްވެނީންގެ ތެރެއިން ފަޚުރުވެރި މަދަރުސާގެ ސައީދުގެ އެވޯޑް ހާޞިލްކުރީ ބެޗްލަރ އޮފް ޕްރައިމަރީ ޓީޗިން ކޯހުން ޏ. ފުވައްމުލަކު، ފުނާޑު މަހައްލު، ޚަދީޖާ ޝަމާ، ބެޗެލްރ އޮފް ސައިން އިން އެކައުންޓިންގ އެންޑް ފައިނޭންސް ކޯހުން، ދަޑިމަގު، މަނާމު، މުޙައްމަދު ސާރިމް ޢަބުދުﷲ އަދި ބެޗްލަރ އޮފް ބިޒްނަސް މެނޭޖެމްނޓް ކޯހުން ސ،ފޭދޫ ޖަނަވަރީގެ ފާތިމަތު ނަވުޒާއެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ސެޓެފިކެޓް ލެވެލް03، އެޑްވާންސްޑް ސެޓްފިކެޓް، ޑިޕްލޮމާ، އެސޯސިއޭޓް ޑިގްރީ، ޑިގްރީ އަދި މާސްޓާރސް ގެ 37 ޕްރޮގްރާމަކުން 920 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ މާލެ ފިޔަވައި އަތޮޅު ތެރޭގައި އިންޓަނޭޝަނަލް ދަރަޖަ ދެވުނު ފުރަތަމަ ކޮލެޖެވެ. ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން އެސޯސިއޭޓް ޑިގްރީ ފެންވަރަށް ތަފާތު ގިނަ ދާއިރާތަކުން ތައުލީމު ފޯރުކޮށްދެމުންދާ މި ކޮލެޖްގެ ރެކްޓަރ އަކީ ފުވައްމުލަކު، ފިޔަނޫމާގެ، އަހުމަދު ނަފީސް އެވެ.