English Edition
Dhivehi Edition

ތެލުގޫ ފިލްމު “ޕުޝްޕާ” ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ގެ މޮޅު ހުނަރު ފެނިގެން ދިޔަ ފުޝްޕާ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައިރު، އެ ފިލްމުގެ ލަވަތައްވެސް ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ.

މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ އާއި އެކު “ޕުޝްޕާ” ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ޑައިރެކްޓަރު ސުކުމާރު ވަނީ ފަށާފައެވެ. މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް ވަރަށް ފޯރިއާއި އެކު ކުރިއަށްދާއިރު، މި ފިލްމަކީވެސްވެސް “ފުޝްޕާ: ދަ ރައިޒް” އަށް ލިބުނު ފަދަ ތަރުހީބެއް ލިބިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ،

ޕުޝްޕާއަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ބަޔަކު އުޅޭ ގޮތް ދައްކާ ފިލްމެކެވެ.