English Edition
Dhivehi Edition

އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް ހެޔޮއެދޭ އިޙުލާސްތެރި ރަނގަޅު ރަޙުމަތްތެރިއަކު ލިބުމަށް އެދޭނެ މީހެކެވެ. ތިމާއަށް ހެޔޮއެދޭ ރަނގަޅު ރަޙުމަތްތެރިއަކު ލިބިފަ ހުރުމަކީ މިދުނިޔެއިން މީހަކަށް ލިބޭނޭ އެންމެ ބޮޑު އެއް ނަސީބެވެ. އެހެނީ އެފަދަ ހެޔޮލަފާ ރަހުމަތްތެރިއަކު ހުރުމަކީ ތިމާގެ ހަޔާތުގައި ދިމާވާ ގަތި އަދި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކަށް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ނަމަވެސް ކިތެންމެ ގާތް ރަޙުމަތްތެރިއަކު ހުރިނަމަވެސް ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެެބައޮތެވެ. އެއީ ކިތެންމެ ގާތް ރަޙުމަތްތެރިއެއް ނަމަވެސް އަދި ތިމާ ކިތެންމެ އިތުބާރު ކުރާ ރަހުމަތްތެރިއެއް ނަމަވެސް ތިމާގެ ދިރިއުޅުމުގެ ހުރިހާ ސިއްރެއް ނުވަތަ ހުރިހާ ކަމެއް އެފަރާތާއި ހިއްސާކުރުން ބުއްދިވެރި ނޫންކަމެވެ. އެނީ ކިތެންމެ ގތް ރަޙުމަތްތެރިއަކު ނަމަވެސް ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް ނުވަތަ ހުރިހާ ސިއްރެއް ހިއްސާކުރާ ނަމަ އެކަމުން ނޭދެވޭ އަސަރުތަކެއް ކުރުމަކީ ގާތްކަމެކެވެ.

ޒިމްބާބުވޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކު ދެއްވާފައިވާ އިސްލާމީ ތިލަފަތުގެ ދަރުހެއްގައި ވިދާޅުވެފައިވަނީ ގާތް ރަހްމަތްތެރިން ކިތަންމެ ގާތް ނަމަވެސް، އެފަދަ މީހުންނާ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާ ކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އެހެން ކަމުން އެފަދަ ރަހުމަތްތެރިންނާއި ވެސް ދިރިއުޅުމުގައި ދިމާވާ ކަންކަން ހިއްސާ ކިރުމަށްވަކި ލިމިޓެއް އޮންނާނެ ކަމަށާއި އެ ލިމިޓުން ބޭރުވާ ނަމަ އެކަމުން ފަހުން ހިތާމަކުރަން ޖެހިދާނެ ކަމަށް ވެސް މެންކް ވަނީ ވިދާޅުވެފައެވެ.

އެހެނީ މިއަދު ކިތެންމެ އިތުބާރު ހިފޭ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ހުންނަ މީހާވެސް މާދަމާ ތިމާގެ ދުޝްމަނަކަށް ވެދާނެ ކަމަށާއި އެހެންވެ، ތިމާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާކޮށްފިނަމަ، ގާތް ރަހްމަތްތެރިޔާ ދުޝްމަނަކަށް ބަދަލުވާ ދުވަހު އެ ހުރިހާ ކަމެއް ޕަބްލިކް ތެރޭގައި ބޭޒާރު ކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެންކް ވިދާޅުވެފައިވެއެވެ. އަދި ރަހްމަތްތެރިއެއް ގޮތުގައި ވެސް އަދި އެހެން ގޮތަކުން ނަމަވެސް މީހުން ގާތް ކުރުމުގައި ވަކި މިންތަކެއް ގެންގުޅުމަށް މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ވާރު އަޅާކަމަށް މެންކް ވިދާޅުވެފައި ވެއެވެ.

ޚާއްސަކޮށް ތިމާ ކޮށްފައި ހުންނަ ގޯސް ކަންތައް ނުވަތަ ފާފައިގެ ވާހަތައް ހިއްސާ ކުރުމަކީ މުޅިން ގޯސްކަމެއް ކަމަށާއި އެއީ ތިމާއަށް ވެސް އަދި އަނެކާއަށް ވެސް ކުރެވޭ ފާފައެއް ކަމަށް މެންކް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް އޮތުމުން މިފަދަ ވާހަކަތައް ކިތެންމެ ގާތް މީހަކާ ވިޔަސް ހިއްސާކުރުމުގައި ސަމާލުވުމަށް މެންކް ވިދާޅުވިއެވެ.