English Edition
Dhivehi Edition
5 އަހރު ކުރިން

“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް” ގެ މިރޭގެ ދެވަނަ މެޗުގައި ފްރެންޑްސް ކުލަބާއި އެސްއެމްޓީ ކުޅުނު މެޗު 5-2 ލަނޑުން ކާމިޔާބުކޮށް ފްރެންޑްސް ކުލަބު ހަމަޖެހިލައިފިއެވެ.

މިރޭގެ މެޗުގައި ފުރެންޑްސް ކުލަބުގެ ފަސް ގޯލުގެ ތެރެއިން ޙުސައިން ޝަރީފާއި މުޙައްމަދު ޢިމްރާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހައިދީފައެވެ. އަނެއްގޯލް ޖަހައިދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަޙުމަދު އަޔާޒެވެ. އެސްއެމްޓީގެ ދެގޯލުވެސް ޖަހައިދީފައިވަނީ ވިޝާން ޙަބީބެވެ.

މި މުބާރާތުގައި ފްރެންޑްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ މަލްޓިޖީނިއަސް ސިޓީއާ އެވެ. އެ މެޗު 12-2 އިން މޮޅުވީ ފުރެންޑްސް ކުލަބެވެ. މިރޭގެ މެޗުން ވެސް މޮޅުވެ އެޓީމަށްވަނީ 6 ޕޮއިންޓް ލިބިފައެވެ.

އެސްއެމްޓީ މިރޭގެ މެޗުން ބަލިވުމުން އެޓީމް މިހާތަނަށް ކުޅުނު ދެމެޗުން ވެސް ބަލިވީއެވެ. އެހެންނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް ވެސް ނުގެއްލެއެވެ.

މި މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމް ހޯދީ ފްރެންޑްސް ކުލަބުގެ ޖާޒީ ނަމްބަރ 6 ޙުސައިން ޝަރީފެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާރޭ ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާކަރީ ޔުނައިޓެޑާއި، އެފްސީ ސްޕްރިންޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޒެފިއާ އަދި ވެންބޮޅޮ ޔުނައިޓެޑެވެ.